އަހުމަދު ޝާހް   16 މާރިޗު 2022 - 14:58
ފަރަށް އެރި ސަފާރީއެއް ފުންކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ ގއ.މާރެހާ ކައިރީގައި އަޅާފައި އޮތް "މޯލްޑިވްސް އެގްރެސޯރ 2" ސަފާރީގެ ނަގިލި ކަހާލައިގެން، މާރެހާގެ އިރުމަތީފަރާތު ފަރަށް އަރާފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 05:25 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ސަފާރީ ފަރަށް އެރިއިރު އޭގައި 22 ފަސިންޖަރުންނާއި 16 ފަޅުވެރިން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެންއެންޑީއެފުން ބުނީ "މޯލްޑިވްސް އެގްރެސޯރ 2" ސަފާރީ ވަނީ މިއަދު 07:05 ހާއިރު ފުންވެފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ހައްމާމު

18-Mar-2022

ސަފާރީ ފަރަށް އެރީމާ ކިތައް ގައު ހަލާކުވިތޯ?



ޓްރެންޑިން