އުމްރާގެ އަޅުކަމަށް ފުރުމުގެކުރިން ކޯވިޑް-19 ބޫސްޓާ ޑޯޒު ޖެހުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ރޭ ވަނީ، އުމްރާއަށްދާ ފަރާތްތަކުން ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށްފަހު ހަމަސް ފުރިހަމަވެފައި ވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީހުގެ ދެ ހަފުތާކުރިން ބޫސްޓާ ޑޯޒު ޖެެހުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ރޭވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ބޫސްޓާ ޑޯޒް ރޯދަމަހުގެ ކުރިން ޖަހައި ނިންމުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ރޯދަ މަހު މާލޭގައި ވެކްސިން ޖަހައިދޭނީ ރޭގަނޑު 9 އިން 11 އަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ. ރާއްޖޭގެ އާބާދީގެ 398،348 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވާއިރު ދެ ވަނަ ޑޯޒު ޖަހާފައިވަނީ 371،439 މީހުނެވެ. އަދި ބޫސްޓާ ޑޯޒު ޖަހާފައިވަނީ 143،477 މީހުންނެވެ.
ކޯވިޑް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި ފައިޒާ ވެކްސިންގެ 311،220 ޑޯޒް ރާއްޖެއަށް ވަނީ ގެެނެސްފައެވެ. ޔުނިސެފުން ބުނީ މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާކުރި ވެކްސިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު