މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިހުރި ރާއްޖޭގެ "ރެޕް ކިންގް" ޕެސްޓް ގޭބަންދަށް ބަދަލުކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް (ޕެސްޓް) ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހުއެވެ.
ޝަރުތުތަކަކާއެކު 60 ދުވަހަށް ޕެސްޓް ގޭބަންދަށް ބަދަލުކުރި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، ކްރިމިނަލް ކޯޓުން ޕެސްޓް ގޭބަންދަށް ބަދަލުކޮށްފައިވަނީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްކަމަށް ނުދެކޭތީ ކަމަށެވެ.
ފުލުހުންގެ ބަންދުގައި އަހަރެއްހާ ދުވަސްވީ ފަހުން ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ބޭސްފަރުވާގެ ބޭނުމަށެވެ. އެގޮތުން 60 ދުވަސް ބޭސްފަރުވާގެ ބޭނުމަށް ނޫންގޮތަށް ބޭރުގައި ނޫޅެން ޝަރުތުކޮށް ކޯޓުންވަނީ ޕެސްޓު ދޫކޮށްލާފައެވެ. އެ މައްސަލާގައި ދެން ހައްޔަރު ކޮށްފައިވާ މުހައްމަދު ސުއައިދު ވެސް ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
އިސްތިއުނާފްގެ މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލީ ބޭސްފަރުވާއަށް ކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފްސީލުތައް ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން ބޭސްފަރުވާ ނުލިބިގެން އޭނާ ޝަކުވާތަކެއް ކޮށްފައިވާކަން ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ޝަކުވާތަކަކީ ކޮބައިކަމާއި، އޭގެތެރެއިން ބެލުނު ޝަކުވާއަކީ ކޮބައިކަން ވެސް ނޭންގޭ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލަން ނިންމި ސަބަބު ސާފުނުވާކަމަށް ބުނެ ހައިކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރި އަމުރު ބާތިލުކޮށް ކްރިމިނަލްކޯޓުން ޕެސްޓް ބަންދުކުރި އަމުރު ދެމިއޮތްކަމަށް ނިންމާފައެވެ.
ޕެސްޓްވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރުކޮށްފައެވެ. އަދި ދައުލަތުން ވަނީ ޕެސްޓްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ. އޭގެތެރޭގައި ޑީއެންއޭ ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތަކުގެ އިތުރުން އެ ރިޕޯޓްތައް ތައްޔާރު ކުރި ފުލުހުން ހިމެނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޕެސްޓުގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ. މިދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެތައް މިލިއަން ރުފިޔާއަކުން އޭނާ ޖޫރިމަނާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު