ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު
ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު
65 ގޮނޑި ހޯދައިގެން އެމްޑީޕީން އަދިވެސް ދައްކަނީ ބަހަނާ ކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުން ތަޅުމުގައި ކުރަންހުރި މަސައްކަތްތައް ހުސްވެ އިއްޔެގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމާއި ގުޅިގެންނެވެ.

މަލީޙް ވިދާޅުވީ ރާއްޖޭގައި ހަދާފައިހުރި ޤާނޫނުތަކުގައި ނުކުރާ މަސައްކަތަށް މުސާރަދޭން ޖާގަދީފައި ނެތް ކަމަށެވެ. އެހެންކަމުން މަސައްކަތް ނެތި ތިބޭ ދުވަސްކޮޅުގެ މުސާރަ އުނިކުރެވޭގޮތަށް ބަދަލުކުރުމަށް މަލީޙް ވަނީ ގޮވާލައްވާފައެވެ.

"މަސައްކަތްނެތް ތަނެއްގެ ވެރިޔަކަށް ދަޢުލަތުން ބޮޑު ގަނޑުވަރާއި ޢިނާޔަތް ހައްޤުވާނެތޯ." މަލީޙް ސުވާލު އުފައްދަވާފައިވެއެވެ.

މަލީޙް ވިދާޅުވީ 65 ގޮނޑި ހޯދައިގެން އެމްޑީޕީއިން އަދިވެސް ދައްކަނީ ބަހަނާކަމަށެވެ. އަދި އެމްޑީޕީން އަދިވެސްދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށް މަލީޙް ތުހުމަތު ކުރެއްވިއެވެ.

"އަދިވެސް ބޭނުންވަނީ އިތުރު ބާރު. އެމްޑީޕީއަށް ދަނޑާއި ކަތިވަޅިޔާއި މަރިޔަނބު ހަވާލުކުރިޔަސް ހަދާނެ ނަހަދާނެ އެއްޗެއް ނޭގޭނެ." މަލީޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ވަގުތީގޮތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ބޮމުގެ ހަމަލާއަށްފަހުއެވެ. އެގޮތުން މަޖިލިސް ރައީސަށް މ.މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅުގެ ގޮތުގައި ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް ހަމަޖައްސަވަން ނިންމެވިއެވެ.



ކިޔުންތެރިންގެ ހިޔާލު