ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
އައްޑޫގެ ތަރައްގީއަށް ހުރަސް އަޅާ އެކަކަށްވެސް މާފެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ އެންމެންނަކީ އައްޑޫ ރައްޔިތުންގެ ހަތުރުންކަމަށާއި އެފަދަ އެކަކަށްވެސް މާފެއް ނުކުރެވޭނެއެވެ. އޭގެ އިތުރުން އަބަދު ބާކީވެފައި ތިބެވެން ނެތްކަމަށްވެސް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅާ ފަރާތްތައް ދަނީ ހާމަވަމުން ކަމަށެވެ. އަދި އައްޑޫއަށް ކުރިއެރުން ގެނެސްދިނުމަށް ބޭނުންވާ މީހުން މަދު ކަމަށާއި ދައްކަނީ މުޅިންވެސް ދަޅަކަމަށް ނިހާދު ތުހުމަތު ކުރެއްވިއެވެ.

"އަބަދު ބާކީވެފައި ތިބޭކަށް ބޭނުމެއްނޫން. އެންޖީއޯއެއް ވިޔަސް ރައްޔިތުންގެ ވިންދާ ކުޅެން އުޅުމަކީ ދެރަކަމެއް." ނިހާދު ވިދާޅުވިއެވެ.



ނިހާދު މިހެން ވިދާޅުވެފައިވާއިރު އައްޑޫގެ ތިމާވެއްޓަށް ލިބިދާނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލަޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ރޭ ވަނީ ގޮވާލާފައެެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ. ބިން ހިއްކަން ހަވާލުކުރާނެ ކުންފުންޏެއް ވެސް މިހާރު އެވޯޑްކޮށްފައިވާއިރު މި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ރަސްމީކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު