ޚިޔާނާތުގެ ފައިސާ ހޯދުމުގައި މިސަރުކާރު ފެއިލްވެއްޖެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިމޭރުމުން ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިއްޔެ އުވާލެއްވުމާ ގުޅިގެންނެވެ.
1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި އެކޮމިޝަން އެކުލަވާލީ 17 ނޮވެމްބަރު 2018 އެވެ.
"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުވާލަށްވާފައިވާތީ އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި، އެފައިސާ ހޯދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް އެވަޢުދު ފުއްދުމުގައި ސަރުކާރު ފެއިލްވެއްޖެކަމަށް އުޝާމް ވިދާޅުވިއެވެ.
"ވެރިކަމަށް އައީ އެވައުދު ވިއްކައިގެން. 3 އަހަރުވީއިރުވެސް އެވައުދު ނުފުއްދުނު. އެކަން ބެލުމަށް މިސަރުކާރު ފެއިލްވެއްޖެ." އުޝާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެސްޓް ރިކަވަރީ ކޮމިޝަން އުވާލައްވާފައިވާކަމަށާއި އެ ކޮމިޝަން އުވާލެއްވުމާއެކު ކޮމިޝަނުން ކުރަމުން ދިޔަ މަސައްކަތް ދެން ކުރާނީ ކަމާގުޅުންހުރި މުއައްސަސާތަކުންކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާފައިވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނާއި މެދު ގޮތެއް ނިންމާނީ އާ އޭސީސީ ވުޖޫދަށް އައުމުންކަމަށް މީގެކުރިން ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވިއިރު، އޭސީސީއަށް އައު މެމްބަރުން އިއްޔެ ވަނީ އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު