ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ޕީޕީއެމްގެ ލީޑަރ ރައީސް ޢަބްދުالله ޔާމީން
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ޕީޕީއެމްގެ ލީޑަރ ރައީސް ޢަބްދުالله ޔާމީން
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމާއި ސަރުކާރު ކޯލިޝަންގެ ޖޭޕީއަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައި ކަމަށެވެ. އެއީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަނީ ޤާނޫނުގައި ވާގޮތުގެ މަތީން ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށައެޅުމުންނެވެ. އެގޮތުން މިހާތަނަށް އެރިޕޯޓްތައް ހުށައަޅާފައިވާ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރުވަނީ ފޮނުވާފައެވެ. އޭގެއިތުރުން ކުރިއަށް އޮތް ހަފްތާގައި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކުރުމަށް ފޮނުވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މިހާތަނަށް ރިޕޯޓްތައް ނުލިބިވަނީ އެމްޑީޕީންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭނެ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީއަށް 15 މިލިއަން ރުފިޔާ، ޕީޕީއެމަށް 9.4 މިލިއަން ރުފިޔާ، ޖޭޕީއަށް 5.5 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ މިއަހަރަށް ބަޖެޓް ފާސްކުރިއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު