ކުޅިވަރަށް ޚިދުމަތްކުރުމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވުމުން ރައީސް މައުމޫނު ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި ދިގު މުއްދަތަކަށް ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށްދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 15 ބޭފުޅަކަށް ވަނީ އަރުވައިފައެވެ. އެގޮތުން ރައީސް މައުމޫނާއި ކުރީގެ ނާއިބުރައީސް ވަޙީދުއްދީނާއި ރައީސް ނަޝީދުގެ ބައްޕާފުޅު ކެނެރީ ސައްތާރަށްވެސް ވަނީ އެވޯޑް އަރުވައިފައެވެ.

އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އެވޯޑް ޚާއްސަކުރަށްވަނީ އެމަނިކުފާނާއެކު ރާއްޖޭގެ ކުޅިވަރަށް ޚިދުމަތްކުރެއްވި އެންމެހާ ފަރާތްތަކަމަށް ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އެވޯޑާ ޙަވާލުވީ ދަރިކަލުން އަޙްމަދު ފާރިސް މައުމޫނެވެ.



ރޭގެ ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށާއި ނާއިބު ރައީސް ކަމާއި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީނަށާއި އަލްމަރުހޫމް އުމަރު ޒާހިރު އާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިނާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް އިސްމާއީލާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކަށެވެ.

އޭގެ އިތުރުން ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު އާއި އަލްމަރްހޫމް ޔޫސުފް ފުޅު (ބާނީ ޔޫސުފް) އާއި އަބްދުއްސައްތާރު (ކެނެރީ) އާއި ފާއިޒު ސަމަދުގެ އިތުރުން ހަސަން ނިޒާރު (ބޮޑޭ) އާއި ފެނާންޑޯ އާއި އަލްމަރްހޫމް އަލީ ނަސީމް އަދި މަރްހޫމް މާދިހް އިސްމާއީލަށްވެސް ވަނީ އެވޯޑް އަރުވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ގިނަ ދާއިރާތަކަކުން ގިނަ އެވޯޑްތަކެއް ދީފައިވާއިރު މިއީ ފަހުގެ ތާރީޚުގައި މިހާ ކުލަގަދަކޮށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ.



ކިޔުންތެރިންގެ ހިޔާލު


-5

އިއްބެ

18-Mar-2022

ތަދުޒަމާނުގައިވެސްޒުވާރިފަދަތަކެތިކައިގެންވެސްގަދަހިއްވަރާއެކުމަސައްކަތްކުރިޓީމުތަކާއިއެޓީމުތައްހިންގެވިކުޅަދާނަހީވާގިވެރިންމިއެވޯޑްގައިފާހަގައެއްނުކުރެވުނެވެރާއްޖެތެރެއަށްބަލާއިރުސ.ފޭދޫޓީމްބއޭދަފުށީޓީމްއއ.ތޮއްޑޫބްރައިޓްޓީމްހިމެނެއެވެމީގެތެރޭގައިހަތަރުކަށިމަތިމާލޭމީހެއްނެތެވެމިއީހަމަތިޔަވިދާޅުވާގޮތަށްބީރައްޓެހިގުންޑާއިންގަބުޅކަތީބުންކަމަށްވާތީއެވެ