އިލެކްޝަން ކޮމިޝަންގެ މެންބަރުން
އިލެކްޝަން ކޮމިޝަންގެ މެންބަރުން
3،000 މެމްބަރުން ހަމަނުވާ 4 ޕާޓީއަކަށް ނޯޓިސް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށެވެ. އަދި އެ ޢަދަދަށް މެންބަރުން ހަމަނުވާނަމަ މެންބަރުން ހަމަކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ޤާނޫނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއި ގުޅިގެން ގާނޫނާ އެއްގޮތަށް 3،000 މެމްބަރުން ހަމަނުވާ 4 ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް މުއްދަތު ދޭން ނިންމާފައިވާކަަމަށެވެ.

"ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި." ޙަބީބު ވިދާޅުވިއެވެ.



ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އޭގެތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތަކަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ ހިންގަވާ ޑީއާރުޕީއާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދެވި އެމްޓީޑީއާއި ރައީސް މައުމޫންގެ އެމްއާރުއެމާއި އެމްއެލްއެސްޑީޕީ އެވެ.



ކިޔުންތެރިންގެ ހިޔާލު