އެސްޓީއޯގެ އެމްޑީ ޙުސެން އަމްރު - ފޮަޓޯ: ސަން
އެސްޓީއޯގެ އެމްޑީ ޙުސެން އަމްރު - ފޮަޓޯ: ސަން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާ މުހާތަބު ކުރަށްވައި ރައީސުލްޖުމްހޫރިއްޔާއޭ ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި އަދި އެކުށް ހަމަ އެފިޔަވަޅުމަތީގައި ރަނގަޅު ކުރައްވާފައިވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމުރު މިކަން އާންމުންގެ ސަމާލު ކަމަށް ގެންނަވާފައި މިވަނީ ބޮޑެތި ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ފައްޓަވަމުން، ނާއިބު ރައީސް ފައިޞަލް ނަސީމަށް މުހާތަބު ކުރައްވަމުން "ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމް" އޭ ވިދާޅުވެވިފައިވާތީ އިދިކޮޅު ފަރާތްތަކުން އެވާހަކަކޮޅު ވަކިން ބުރިކޮށްގެން ނުބައި މާނައެއް ދޭހަވާގޮތަށް މީސް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހިނގާދިޔަގޮތް ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.

އެގޮތަށް ވިދާޅުވެވެވިފައިވާ ވީޑިއޯ ކްލިޕްކޮޅު ވަކިން ނަގައިގެން މީސްމީޑިއާގައި އިދިކޮޅުން އަންނަނީ ދައުރު ކުރަމުންނެވެ. ހާއްސަކޮށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ އެ ވީޑިއޯގައި ފައިޞަލަށް މުހާތަބުކޮށް ރައީސުލްޖުމްހޫރިއްޔާއޭ ވިދާޅުވީ، ގަސްދުގައި ކަމަށް ބުނަމުންނެވެ.



އެގޮތުން، ރައްޔިތުންގެ މަޖިލީގެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އިއްޔެ ކުރެއްވި ޓްވީޓެއްގައި އެ ވީޑިއޯ ޝެއަރ ކުރައްވަމުން ވިދާޅުވީ، އަމްރު ވެސް ގަބޫލު ކުރައްވަނީ ގާނޫނު އަސާސީގައި ބުނާގޮތުން އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިހާރު ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ކަމަށެވެ. އަދި ސްޕްރީމް ކޯޓުން އެކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމްގެ މި ޓްވީޓާއި ގުޅިގެން އަމްރު މިއަދު ވިދާޅުވީ، އިދިކޮޅު މަޖިލިސް މެންބަރަކު އެފަދަ ބޮޑު އޮޅުވާލުމެއް ގަސްތުގައި ފެތުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެރޭގެ ހަފުލާގެ އަމްރުގެ ވާހަކަފުު އިތުރަށް ބެލުމުން، ނައިބްރައީސާ މުހާތަބު ކުރަށްވައި ރައީސުލްޖުމްހޫރިއްޔާއޭ ވިދާޅުވެވުނީ އޮޅުމަކުންކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އަދި ހަމަ އެފިޔަވަޅު މަތީގައި އެކުށް ރަނގަޅު ކުރަށްވާފައިވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ސިޔާމަށް ރައްދު ދެއްވަމުން އަމްރު އިތުރަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީގެ ހާލަތު މިހާރު އޮތީ ވަރަށް ދަށުގައި ކަމަށާއި، މި ސަރުކާރުން ކުރާ ރަނގަޅު ކަންކަން ގިނަވުމުން އިދިކޮޅުން މިހާރު ކުރާ މަސައްކަތަކީ އެފަދަ ވާހަކަތަކުގައި ބުނެވިފައި ހުންނަ ކުދިކުދި ކުށްތަކުގައި "ހިފައިގެން ދަމައި ބޮޑުކޮށްގެން" އެކަން ފެތުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއިމެދު އިދިކޮޅުން ސުވާލު އުފައްދަން ފަށާފައި މިވަނީ، ރައީސް ޞާލިޙު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ކުޑަވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި ޒިންމާތައް ނާއިބު ރައީސް ފައިޞަލް ނަސީމާއި ހަވާލު ކުރަށްވައި އެކަމުގެ ހުވައި ކުރެއްވުމާއި ގުޅިގެންނެވެ. ގާނޫނު އަސަސީގައި އޮންނަ ގޮތަށް އެކަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު


-7

އަލީ

19-Mar-2022

މިކަހަލަ ދެފުއްކެހެރިން މިމަގާމުން ވަކިކުރޭ