ކޮންމެ މީހަކުވެސް ފެއިލްވުމުން ގޯސްވަނީ ގާނޫނު އަސާސީކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަދަލު ގެނައުމަކީ ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ އަދި ސިޔާސީ އަދާލަތަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތުން ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެ އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާއިރު މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން ނަމުގައި ޓްވިޓަރގައި ރައީސް ނަޝީދު ވަނީ ލިޔުމެއް ވެސް އާންމުކުރައްވާފައެވެ. އެލިޔުން ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަމަލުކުރަމުން މިގެންދާ ގާނޫނު އަސާސީ ވަނީ ދިވެހި ވެރިކަމުގެ ސިފައަށް ކިތަންމެ ބަދަލެއް ގެނެސްފައިކަމަށެވެ.
ގާނޫނު އަސާސީއަށް އަމަލުކުރާތާ 13 އަހަރު ވެފައިވާއިރު ގާނޫނު އަސާސީގައި ހުރި ބައެއް ކަންކަމާއި ގުޅޭގޮތުން ވިސްނަންޖެހޭކަމީ މިގައުމުގެ ކަންކަމާއި ވިސްނާ އެކަކުވެސް ދެބަސްވާނެ ހަގީގަތެއް ނޫންކަމަށް އެ ލިޔުމުގައި ރައީސް ނަޝީދު ވިދާޅުފައިވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ ލިއުން ޓްވިޓާގައި ހިއްސާ ކުރައްވަމުން އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ މީހުން ފުރަތަމަ އިސްކަންދޭން ޖެހެނީ ގާނޫނުތަކަށް ބޯލަނބާ، ގާނޫނުގެ ތެރެއިން ވެރިކަން ކުރެވޭތޯ ބެލުމަށް ކަމަށެވެ.
"މިއަދު ގާނޫނު އަސާސީގެ އަސާސްތަކާއި ދިމާ އިދިކޮޅަށް މަސައްކަތް ކޮށްފައި ހުރިހައި ދިމާލަކުން ކޮންމެ މީހަކު ފެއިލްވީމަ ގޯސްމިވަނީ ގާނޫނު އަސާސީ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސަކު އިންތިހާބު ކުރާގޮތް ބަދަލުކުރަން ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ފާޑުކިޔާ މީހުން ބުނަމުންދަނީ، ރައީސް ނަޝީދު އެމަގުން މަސައްކަތް އެ ކުރައްވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ދެން އޮތް ހަމަ އެކަނި މަގަކީ އެއީ ކަމަށް ވާތީކަމަށެވެ.
ރައީސް ނަޝީދު މީގެކުރިން ވެސް ވަނީ އެމްޑީޕީ ދިގުމުއްދަތަކަށް ވެރިކަމުގައި އޮންނަން ބޭނުންނަމަ ގާނޫނު އަސާސީއަށް އެމަނިކުފާނު އެވިދާޅުވާ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު