ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގާނޫނު އަސާސީއަށް އެއްކަހަލަ އިސްލާހެއް ގެންނަ ވާހަކަ ދައްކަވަން ފެއްޓެވުމަކީ ރައްޔިތުން ވިސްނަންޖެހޭ ކަމެއްކަމަށް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އދ. މަހިބަދޫގައި މިމަހު 11 ވަނަ ދުވަހު ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންވަނީ، ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ މެމްބަރުންނާއި، އެ ގާނޫނުތައް ތަންފީޒު ކުރާ ބާރުގެ އިސްވެރިއަކަށް އައްޔަން ކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް މިހާރު އޮތް ޝަރުތުތައް ޒަމާނަށް ނުފެތޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމާއިގުޅޭ އިސްލާހެއް މަޖިލީހަށް ވެއްދުމަށް ތައްޔާރު ވަމުންދާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ، ޝަރުތުތަކުގެ ގޮތުގައި ހަމައެކަނި "ލިޔަންކިޔަން ދަތުން" އޮތުމަކުން މި ޒަމާނަކަށް ނުފެތޭ ކަމަށެވެ.
ރައީސް ނަޝީދު ވެސް މިހާރު ގެންދަވަނީ މިފަދަ މޭރުމަކުން ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ، ރައީސަކު ހޮވުމަށް ވޯޓު ގުނާގޮތް ބަދަލު ކުރަން ޖެހޭ ކަމަށާއި އެންމެ ގިނަ ވޯޓުލިބޭ މީހަކަށް ވެރިކަން ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭކަމަށެވެ. އަދި ރައްޔިތުން މަޖިލީސް އެކުލެވިގެންވާ ގޮތާއި އެމަޖިލީހުގެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ރައީސް ނަޝީދު ވެސް ގެންދަވަނީ ވަކާލާތުކުރަށްވަމުން ނެވެ.
މި ދެބޭފުޅުންގެ މި ވާހަކަފުޅުތަކާއި ގުޅިގެން، އިބްރާ މިރޭ ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީން ވިދާޅުވި ޝަރުތުތަކަކީ ރަނގަޅު ޝަރުތުތަކެއް ނޫންކަމަށެވެ. އިބްރާ ވިދާޅުވީ، ނުކިޔަވާހުރި މީހަކަށް ވެސް އެފަދަ މަގާމަކަށް އާދެވޭނީ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުމިއްޔާ އެމީހުން ބޭނުންވާ ބަޔަކަށް ވޯޓު ދިނުމަކީ އެމީހުންގެ އަތްމަތީގައި އޮތްކަމެއް ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.
"މި ބަދަލުގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް އޮންނަ ޗޮއިސް ކުޑަވުން." އިބްރާ ވިދާޅުވިއެވެ.
މި ވާހަކަތަކަށްފަހު އިބްރާގެ ޕޯސްޓްގައި ވިދާޅުވީ، ޔާމީނާއި ނަޝީދު ގާނޫނަށް އިސްލާހު ގެންނަ ވާހަކަ ދައްކަވަން ފެށްޓެވުމަކީ ރައްޔިތުން ވިސްނަންޖެހޭ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު