މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ރައީސް ޞާލިޙާއި ބައްދަލުކުރަށްވަނީ
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ރައީސް ޞާލިޙާއި ބައްދަލުކުރަށްވަނީ
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމާއި އެމްޑީޕީގެ އިންތިޚާބުގައި ފައްޔާޒް ވާދަކުރެއްވުމާއި އެއްވެސް ގުޅުމެއް ނެތްކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާއީ މިގޮތަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ފައްޔާޒަށް ތާޢީދު ކުރަށްވާ ފަރާތްތައް ވަނީ ނުފޫޒެއްގައި ޖެހިފައި ކަމަށާއި އެފަރާތްތަކުން ފައްޔާޒަށް ތާޢީދު ކުރަނީ ދާއިރާގެ ޕްރޮޖެކްތަކަށް އެކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެކަމުގެ އުންމީދުގައި ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން މެންބަރު ރާއީ ވިދާޅުވީ ސަރުކާރުން ދާއިރާތަކުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތް ތަކާއި، ރާއްޖޭގެ ރައީސްގެ ވައުދުފުޅުތަކާއި، އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަން ކުރަމުން ގެންދަވާނެ ކަމަށެވެ. އަދި އެކަމާ ޕާޓީގެ އިންތިޙާބަށް ފައްޔާޒު ވާދަކުރެއްވުމާ ގުޅުމެއް ނެތްކަމަށް ރާއީ ވިދާޅުވިއެވެ.

"އެކަމަކު މިނިސްޓަރު ފައްޔާޒުގެ ދައުރު އެކަންކަމުގައި ބޮޑެވެ." ރާއީ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު އިންތިޚާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު