ސިފައިންވަނީ ތިނަދޫ ރައްޔިތުންގެ ނަސްލު އޮޅުވާލާފައި ކަމަށް ގދ. ތިނަދޫގައި 1962 ވަަ އަހަރު ހިނގައިދިޔަ ހަމަނުޖެހުތަކަށްފަހު އެރަށް ފަޅުކޮށްލި މައްސަލައިގެ އަޑުއެހުމުގައި އެރަށުގެ ރައްޔިތަކު ބުނެފިއެވެ.
ތިނަދޫން މީހުން ބާލާފައިވަނީ ނިޒާމީ ސިފައެއްގައި ދައުލަތުގެ އިދާރާއަކުން ރާވައިގެން ކަމަށްބުނެ އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކައުންސިލުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ އިންތިޤާލީ އިންސާފުގެ އޮފީހުގައި ފަށާފައެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން ގދ. ތިނަދޫ، ތިނަދޫގެ އާދަމް ހުސެއިން ބުނެފައިވަނީ ސިފައިންވަނީ ތިނަދޫ ރައްޔިތުންގެ ނަސްލު އޮޅުވާލާފައިކަމަށާއި އޭރުގެ ދަޢުލަތުގެ ވެރިންނަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށެވެ. ތިނަދޫގެ ވަކިބަޔަކު ދަޢުލަތާ ދެކޮޅުހެދުމަކީ ތިނަދޫ ހުރިހާ ރައްޔިތުން ކުށްވެރިވާނެ ސަބަބެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.
"ހަމަސީދާ ކަނޑަށް އަޅާލީ. ދާންވީ އެއްވެސް ތަނެއް ނުބުނޭ. އެރޭވެސް އެތަށްބަޔަކު ނިޔާވި. ހަމަ ކަނޑުފެތިގެން ފައިބައިގެން ދިޔައީ. ސިފައިން ވަނީ ތިނަދޫ ރައްޔިތުންގެ ނަސްލު އޮޅުވާލާފައި." ތިނަދޫ ރައްޔިތަކު މިއަދުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
އާދަމް ހުސެއިން ބުނެފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ތިންބެއިން އެ ޙާދިސާގެ ތެރޭގައި ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ މަންމަގެ މަސައްކަތުން ފުރާނަ ސަލާމަތްވީ އޭނާ އެކަނި ކަމަށް އަސަރާއެކު އެ ޙާދިސާގެ ތަފްސީލުތައް ކިޔައިދެމުން އާދަމް ޙުސެއިން ވަނީ ބުނެފައެވެ.
"ސިފައިން އައިސް ގެއަށްވަދެ މަންމަމެންގެ ފޮށި ބަންޑުން ޖަހައިގެން އެމީހުން ބޭނުންއެއްޗެއް ނަގައިގެން ތިޔައީ. ދެންއައީ އަތޮޅުތެރޭގެ ކަތީބުންނާއި ވެރިން. އެމީހުންވެސް އެހާ އިހާނާތްތެރިކޮށް ކަންތައް ކޮށްފައި ދިޔައީ. ދެން އަޅުގަނޑުމެން އެތަނުން ބޭރުވާން ޖެހުނީ." އާދަމް ހުސެއިން ބުނެފައިވެއެވެ.
ތިނަދޫ ރައްޔިތުންގެ ގެތަށްވެސް ސިފައިންވަނީ ހުޅުޖަހާ އަންދާލާފައި ކަމަށާއި އެއީ އިސްލާމްދީނުގެ ހަމަތަކާވެސް ޚިލާފު ޢަމަލެއްކަމަށް އާދަމް ހުސެއިން ވަނީ ބުނެފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްގައި މިއަދު ހެނދުނުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެ އެވެ. އޭގެ އިތުރުން، މި މަހުގެ 27 ގައި މާލޭގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ދައުލަތުގެ ޓީވީން އަންނަނީ ދުރަށް ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު