އިދިކޮޅު ލީޑަރ ރައީސް ޔާމީން މިއަދު ޅ.ކުރެންދޫއަށް ވަޑައިގަންނަވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ބުނެފިއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅަކީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ކެންޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ އިސްމާއިލް މަދީހުއެވެ.
ކުރެންދޫގެ އިތުރުން ރައީސް ޔާމީން މިއަދު ހަވީރު ނައިފަރުގައި ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިސްވެ ހިންގާ ހަރަކާތެއް ކަމަށް މީގެ ކުރިން އެދެޕާޓީން އެއްބަސް ވެފައި ނުވި ނަމަވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވެވަޑައިގެން ފުރަތަމަ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައި އެމަނިކުފާނު ވަނީ، އިންޑިއާ އައުޓް ކެމްޕޭނަކީ ސީދާ އެމަނިކުފާނު އިސްވެ ފެއްޓެވި ހަރަކާތެއް ކަމުގައި ވިދާޅުވެފައެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު