ހަކަތައިގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ފެނަކައިން ގެންނަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ރިޒާ މިމޭރުމުން ވިދާޅުވީ ފެނަކައިން އަތޮޅުތެރޭގައި ހިންގަމުންދާ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލައްވަމުންނެވެ. އަލީ ރިޒާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ތަފާތަކީ ނަތީޖާ ނެރުމަށް އިޚުލާސްތެރިކަމާއެކު ކުރާ ބުރަ މިންނެތް މަސައްކަތް ކަމަށެވެ.
އަދި ފެނަކައިން ދަނީ ހަކަތައިގެ ދާއިރާއަށް ރައީސް ޞާލިޙްގެ އިރުޝާދުގެ ދަށުން އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުންކަމަށް މެންބަރު ޢަލީ ރިޒާ ވިދާޅުވެފައިވެއެވެ.
"ތަފާތަކީ ނަތީޖާ ނެރުމަށް އިޚުލާސްތެރިކަމާއެކު ކުރާ ބުރަ މިންނެތް މަސައްކަތް." ޢަލީ ރިޒާ ވިދާޅުވެފައިވެއެވެ.
ހޯމް ސޯލާ ޕްރޮގްރާމު ހިންގުމަށް މިނިސްޓްރީ އޮފް އެންވާރޮމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލީޖެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 20 މިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ރިވޯލްވިންގް ފަންޑެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ ތެލަށް ބަރޯސާވުން ކުޑަކޮށް ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުން ލުއިގޮތެއް ހޯދައި ދިނުންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހޯމް ސޯލާ ޕްރޮގްރާމުގެ ދަށުން 1000 އާއިލާ ނުވަތަ ގެދޮރަށް މިކަމުގެ ލުއިފަސޭކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު