ސައިިރިކްސް ކޮލެޖުން ރޭ ދަސްވެނިވި ދަރިވަރުން
ސައިިރިކްސް ކޮލެޖުން ރޭ ދަސްވެނިވި ދަރިވަރުން
ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ އެންމެ ދުވަސްވީ ސައިރިކްސް ކޮލެޖުން 646 ދަރިވަރުން ރޭ ދަސްވެނިވެއްޖެއެވެ.

ރޭ ބޭއްވި ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. ރޭގެ ރަސްމިއްޔާތުގައި ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ޢިލްމަށް ތެދުވެރިވާންޖެހޭނެ ކަމަށާއި ތަޢުލީމު ޙާސިލްކޮށްގެން ނިކުންނަ ހުރިހާ ދަރިވަރުންވެސް މުޖުތަމަޢު ބަލައިގަންނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރަށްވުރެ ފެންވަރު ރަނގަޅު ނަމޫނާ ބަޔަކަށް ސައިރިކްސް ކޮލެޖް ވެގެން ދިއުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށެވެ. އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ގަވައިދުތަކާއި އުސޫލުތައް ހަދައި ތަންފީޒުކުރުމަށް ރާއްޖޭގެ ހުރިހާ ކޮލެޖުތަކާއި އިންސްޓިއުޓްތަކުން ދެއްވާ އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފަ އެވެ.

ސައިރިކްސް ކޮލެޖުން ރޭވަނީ 646 ދަރިވަރުން ދަސްވެނިވެ ސަނަދު ޙާސިލުކޮށްފައެވެ. އޭގެ ތެރޭގައި މާސްޓާސް ލެވެލްގެ ޕްރޮގްރާމް ތަކުން ދަސްވެނިވި 67 ދަރިވަރުންނާއި ޑިގްރީ ލެވެލްގެ ޕްރޮގަރާމް ތަކުން ދަސްވެނިވި 124 ދަރިވަރުން ހިމެނެއެވެ.

4 ކޮމްޕިއުޓަރާއި 6 ދަރިވަރުންނާއެކު 1993 ވަނަ އަހަރު ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިން ސެންޓަރުގެ ނަމުގައި ވުޖޫދަށް އައި ސައިރިކްސް ކޮލެޖުގައި މިއަދާއި ހަމައަށް އަށްހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މިއަދު ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީތަޢުލީމު ފޯރުކޮށްދޭ ޕްރައިވެޓް ކޮލެޖެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން