ރާއްޖެ އިން ކޯވިޑް-19 އަށް މިހާތަނަށް ފައްސިވި އުމުރުން އެންމެ ދޮށީ މީހާއާއި އެންމެ ހަގު ކުއްޖާ އެޗްޕީއޭގެ ކޯވިޑް-19 ގެ މައުލޫމާތު އަދާހަމަ ކުރާ ޑޭޝްބޯޑުން ފާހަގަ ކުރެވިއްޖެއެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ގޮތުން ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި 89 އަހަރުގެ އަންހެނަކާއި، 11 ދުވަހުގެ ކުއްޖަކު ހިމެނެއެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
އުމުރުން ދުވަސްވީ އަންހެން މީހާ ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑްގައި ބުނެފައި ވަނީ އިއްޔެއެވެ. ތުއްތު ފިރިހެން ކުއްޖާ ފައްސިވީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ނަމަވެސް މިއިން އެއްވެސް މީހަކާއި، ކުރިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުން ނިސްބަތްވާ އެއްވެސް ކްލަސްޓާއަކާއި ގުޅުން ހުރިކަމަކަށް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ރާއްޖެއިން ފައްސިވި އެންމެ އުމުރުން ދޮށީ މީހާ އާއި އެންމެ ހަގު ކުއްޖާގެ ހާލު ވެސް ރަނގަޅެވެ.
ރާއްޖެ އިން މިހާތަނަށް 1513 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވާއިރު އަދި މިހާތަނަށް ބަލިން ރަނގަޅުވީ 197 މީހުންނެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 05 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު