ގާޒީ ޙަސަން ފަހީމް - ފޮޓޯ: ޖޭއެސްސީ
ގާޒީ ޙަސަން ފަހީމް - ފޮޓޯ: ޖޭއެސްސީ
ސިވިލް ކޯޓުގެ ގާޒީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްއީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަ ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް، 2022 މާރޗް 16 ވަނަ ދުވަހު އެ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ޖަލްސާއިން, ސިވިލް ކޯޓުގެ ގާޒީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށާއި އަދި އެ މައްސަލައަށް ތަހުގީގު ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ގާޒީ ޙަސަން ފަހީމާއި ދެކޮޅަށް ހުށަހަޅާފައިވަނީ ކޮން ކަމަކާ ގުޅޭ މައްސަލައެއްކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގާފައިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު ފެންވަރު ވަޒަން ކުރަން ނިންމި 29 ގާޒީންގެ ތެރޭގައި ގާޒީ ޙަސަން ފަހީމް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން