އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި، ޑޮކްޔާޑުގެ ކުރެހުންތަކެއް ކަމަށްބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިހާރު ސޮއިކޮށްފައިވާ އެގްރީމަންޓުގެ ޕްރޮޖެކްޓުގެ ފޮޓޯތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެމްއެންޑީއެފުން މިފަދައިން ބުނެފައިވަނީ، އިންޑިއާއިން ދިވެހި ސަރުކާރަށް ފޮނުވި ޓާމްސް އޮފް ރިފަރެންސްގައި ހިމެނޭ ކުރެހުން ތަކެއް ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން އާންމު ކޮށްފައިވާ ކުރެހުން ތަކަކާ ގުޅިގެންނެވެ.
އެނޫހުން އާންމުކުރި ޓާމްސް އޮފް ރިފަރެންސްގައި ހިމެނޭ އިތުރު ބައެއް މައުލޫމާތުތަކަށް ބަލާއިރު އުތުރުތިލަފަޅުގައި ކަނޑުގެ އަސްކަރިއްޔާގެ މަރުކަޒެއްގެ ހުރިހާ ސިފަތަަކެއް ހުންނަކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އެ ފަޅުގައި އެއާ ފީލްޑެއް ނުވަތަ މަތިންދާބޯޓު އުދުއްސުމަށް ބޭނުންވާނެ ވަސީލަތްތަކާއި މަތިންދާބޯޓު ޕާކުކުރުމަށް އެކަށީގެންވާ ވަސީލަތްތަކުގެ އިތުރަށް މަތިންދާބޯޓާއި ވައިގެ އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންވާ ހެންގަރުތައް ބިނާކުރަންވެސް ލިކްކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައި ވެއެވެ.
ދޭތެރެ ދޭތެރެއިން އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފްގެ ކުރެހުންތައް ކަމަށް ބުނެ ބައެއް ކުރެހުންތަކާއި އެއްބަސްވުމުގެ ބައިތައް ކަމަށް ބުނާ ބައެއް ލިއުންތައް އިދިކޮޅުންނާއި ބައެއް މީޑިއާތަކުން ލީކް ކުރަމުން ދިޔަ ނަމަވެސް ސަރުކާރާއި ސަލާމަތީ ބާރުތަކުން އަންނަނީ އެއީ ހަގީގަތާ ޚިލާފު މައުލޫމާތު ކަމަށް ބުނަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު