ދިވެހިރާއްޖެއާއި ސަރބިއާއާ ދެމެދު އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަަލުވުން ބާއްވާފައި ވަނީ ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ ދަޢުވަތަކަށް ސަރބިއާގެ ބެލްގްރޭޑަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުޞޫމް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރަށްވާފައެވެ. އަދި، ދެ ފަރާތުންވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މައުސޫމްގެ އިތުރުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަބްދުالله ނަޝީދާއި، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ނީޝާ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ އިތުރުން ސްޓޭޓް ސެކްރެޓަރީ ޒިކިޗާ ނެސްޓޮރޮވިޗާއި އެސިސްޓަންޓް މިނިސްޓްރ ޖެލޭނާ މިލެންކޮވިޗާއި، ހެޑް އޮފް ކެބިނެޓް ޑޮބްރިނާ ޖުކޮވިޗް ބައިވެރިވެވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން