ކުޑަހުވަދޫ ވަލުތެރޭގައި ރޯވި އަލިފާން
ކުޑަހުވަދޫ ވަލުތެރޭގައި ރޯވި އަލިފާން
ދ. ކުޑަހުވަދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދ.ކުޑަހުވަދޫ ހިއްކި ސަރަހައްދު ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު، ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 12:25 ހާއިރު ކަމަށެވެ.



މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މަޢޫލޫމާތުދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން