ށ. ނަރުދޫގެ ހުރިހާ ގެއެއްގެ މެއި މަހުގެ ކަރަންޓު ބިލު، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައި ދެއްވައިފި އެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނަރުދޫ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު އަލީ ރަމްޒީ ވިދާޅުވީ އެރަށު ހުރިހާ ގެއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކައި ދީފައިވަނީ މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާކަމަށާއި އެގޮތުން މީހުން ދިރިއުޅޭ 87 ގެއެއްގެ ބިލް އޭނާ ދައްކައިދީފައިވާ ކަމަށެވެ.
"ރަށު ރައްޔިތުންގެ ނަމުގައި މެމްބަރަށް ޝުކުރު ދަންނަވަން. ރޭގެ ވަގުތެއްގައި މެމްބަރު ރިޒާ ވަނީ އަޅުގަނޑުމެންނަށް ހުރިހާ ގެއެއްގެ ކަރަންޓުބިލުގެ ޕޭމަންޓް ނިންމާދީފައި."ރަމްޒީ ވިދާޅުވިއެވެ.
ށ. ނަރުދޫއަކީ ކޯވިޑް-19 ފެތުރިގެން ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮތް ރަށެކެވެ. މީގެ ސަބަބުން ރަށުގެ އާންމު ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެ، ޢާމްދަނީ ހޯދޭނެ މަގުތަށް ހަނިވެފައިވާއިރު މެމްބަރު ރިޒާ މި ދައްކައިދިން ނަމޫނާ އަކީ ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުންވެސް ނަމޫނާއަކަށް ނަގަންޖެހޭ ފަދަ ކަމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ދުވަސްވަރު ރައްޔިތުންގެ އާންމު ޙާލަތު ދަށަށްގޮސްފައިވާކަމަށް ރަށްރަށުގައި ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މީގެ ކުރިން ށ. އަތޮޅުގެ ގިނަ ރަށްރަށުން ވަނީ ނަރުދޫ އަށް ދީލަތި އެހީތަކެއް ވެސް ފޯރުކޮށްދީފަ އެވެ. އެގޮތުން ކާބޯތަކެތީގެ ގިނަ އެހީތަކެއް މިދިޔަ ރޯދަ މަހު ވަނީ ނަރުދޫ ރައްޔިތުންނަށް ފޮނުވައިދީފަ އެވެ.
މާލެއިން ނަރުދޫއަށް ދަތުރުކުރި، "އަމާޒު ބޯޓު"ގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު، މިދިޔަ މަހުގެ 28 އިން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ނަރުދޫ މޮނިޓަރިން ހާލަތުން ނެގިކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭ 23:32 ހާއިރުއެވެ. ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިކަން އަންގާ ފޮނުވި ލިއުމުގައި އެޗްޕީއޭ އިން ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު މޮނިޓަރިންގެ ހާލަތުގައި އިތުރަށް އެރަށް ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ށ. ނަރުދޫން ޖުމްލަ 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު