ކޯވިިޑް-19 ގައި ރާއްޖޭގެ ބޯޑަރ ހުޅުވަން ކުރި މަސައްކަތް ކާމިޔާބުވީ ރައީސް ނަޝީދުގެ ނުފޫޒުންކަމަށް ވިދާޅުވެ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް އެކަމަށް ތައުރީފް ކުރަށްވައި ވާހަކަދައްކަވައިފިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން ފިރާޤު ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަން ފެށުމާއެކު ރާއްޖެވެސް ބަންދުކޮށް ސަރުކާރުގެ ވެރިންނަށް ގޮތްހުސްވިކަމަށެވެ. ނަމަވެސް އެވަގުތުވެސް ރާއްޖޭގެ ބޯޑަރ އަލުން ހުޅުވުނީ ރައީސް ނަޝީދުގެ ނުފޫޒުން އެމަނިކުފާނު އެކަމަށް ވަކާލާތު ކުރަށްވައިގެން ކަމަށް ފިރާޤު ވިދާޅުވިއެވެ.
"ސަރުކާރުގެ ވެރިންނަށް ގޮތްހުސްވި ވަގުތު ރާއްޖޭގެ ބޯޑަރު ހުޅުވަން ކުރިމަސައްކަތުގައި ހަމަޔަޤީނުންވެސް ޕޮޒިޓިވް ޖަވާބެއް ދެއްވައި މިކަން ކޮށްދިނީ މަނިކުފާނުގެ ނުފޫޒުން." ރައީސް ނަޝީދުގެ މަސައްކަތްޕުޅު ފާހަގަ ކުރަށްވަމުން ފިރާޤު ވިދާޅުވެފައިވެއެވެ.
ފިރާޤު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވުނުނަމަ މިއަދުގެ ޙާލަތު އަންދާޒާކުރަން ނޭނގޭ ކަމަށެވެ. އަދި އެދުވަހު އެކަން ކުރުމަށް ރާއްޖޭގެ ހުރިހާ އިދާރާއެއްގެ ދޮރުގައި ޓަކި ޖެއްސެވި ކަމަށާއި މިހާރު އެކަމުގެ ކްރެޑިޓް ނަގާނެ މީހުން ވަރަށް ގިނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ފިރާޤު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށްވުރެ މާބޮޑު ޤައުމެއްގެ ޙާލަތު މާކައިރިން ފެނޭ." ސްރީލަންކާގެ ޙާލަތަށް އިޝާރާތް ކުރަށްވައި ފިރާޤު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަކީ ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން ބޯޑަރުތައް އަލުން ހުޅުވައިގެން ފަތުރުވެރިކަން އަލުން ފެށުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޞާލިހުވެސް އޭރު ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތުމަކީ ރާއްޖެއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިވާނެ ކަމެއްކަމަށެވެ. މިއާއެކު ކޯވިޑް ކޮންޓްރޯލްކޮށް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ރައީސް ޞާލިހުގެ އިސްނެންގެވުމުގެ މަތީން ސަރުާރުގެ އެކި ވުޒާރާތަކުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައި ވެއެވެ.
މީގެނަތީޖާއެއްގެ ގޮތުން އެންމެ ފުރަތަމަ ކޯވިޑް ވެކްސިން ދޭންފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު އާބާދީ ބޮޑުބަޔަކަށް އެންމެ އަވަހަށް ވެކްސިން ދީފައިވާ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ރާއްޖެއާއި އަވަށްޓެރި ސްރީ ލަންކާގެ ހާލަތު އަޅާކިޔަން ފަށާފައި މިވަނީ ރާއްޖެއާ އަޅާބަލާއިރު ވަސީލަތްތަކާއި އާބާދީގެ ގޮތުން އެތައް ތަނެއް ކުރީގައި އޮތް ލަންކާގެ ހާލަތު މިއަދު ވަރަށް ބޮޑަށް ދަށްވެ އިގުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާތީއެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އަގުބޮޑުވުމާއި ބައެއް ބާވަތްތައް އަމުދުން ނުލިބުމާއި ގިނަ ވަގުތު ތަކެއްގައި ކަރަންޓުގެ ޚިދުމަތްވެސް ކަނޑަމުންދާތީ އާންމު ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ސިޔާސީ ބޮޑު ނުތަނަވަސް ކަމެއްވެސް ލަންކާގައި ވަނީ އުފެދިފައެވެ.

Alhugandu menah vuren maabodu gaumehge haalu varah kaarin feney.
— Mohamed Firaq (@mohamedfiraq) April 3, 2022

ކިޔުންތެރިންގެ ހިޔާލު