މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 665 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 177،658 އަށް އަރާފައެވެ. މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 72 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 481 މީހުންނެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް މުޅި ރާއްޖެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 88.01 އިންސައްތަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 84.75 އިންސައްތަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ބޫސްޓާ ޑޯޒް ޖެހި މީހުންގެ ނިސްބަތް ވަނީ 34.64 އިންސައްތަ އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވެފައިވަނީ 298 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު