އަންމަޓީ ދޫކޮށްލި މައްސަލައަކީ އިޖުރާޢީގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ހުޅުމާލެއިން ގިނަބަޔަކަށް ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ޙާލުގައިޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ޝަރުތުތަކަކާއެކު ދޫކޮށްލި މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް ހައިކޯޓުން ނިންމީ، އެ މައްސަލަ އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރު ފާއިތުވި ފަހުން ދައުލަތުން އިސްތިއުނާފް ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވަނީ 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނަމުން އަންނަނީ ކޯޓުން މައްސަލަ ނިންމާ ދުވަސް ނުހިމަނަ އެވެ. އެގޮތަށް މުއްދަތު ގުނުމުން އިސްތިއުނާފް މުއްދަތުގެ 48 ގަޑިއިރު ހަމައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން އަންމަޓީ ދޫކޮށްލީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ޕީޖީ އޮފީހުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމުގައިވަނީ ދުވަސް ގުނުމުގައި އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުގުނޭނެ ކަމަށް ގާނޫނުގައި އޮތްނަމަވެސް، ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ގާނޫނުގައި ނެތް ކަމަށެވެ. އަދި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމުމުގައި ވެސް މިހާތަނަށް ކޯޓުތަކުން ގަޑިއިރު ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން މިފަދަ އަމުރުތަކުގެ އިސްތިއުނާފް މުއްދަތުވެސް ގުނަން ޖެހޭނީ އެ އުސޫލުން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. މިއީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލި ނަމަވެސް ހައިކޯޓުން ފަހުންވަނީ އަންމަޓީ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ހުޅުމާލެއިން ގިނަބަޔަކަށް ބޯހިޔާވަހިކަން ދޭނެކަމަށްބުނެ އެމީހުން ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދަޢުލަތުންވަނީ 42 ދައުވާ އުފުލާފައެވެ. އެހުރިހާ ދަޢުވާތަކަށް އޭނާވަނީ ކޯޓުގައި އިންކާރުކޮށްފައެވެ.
13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.
އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކޯޓަށް ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކަކާއި ގުޅިގެންނެވެ. އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު