ކޯވިޑްގެ ވޭރިއަންޓްތައް ދެނެގަނެވޭ މެޝިނެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޯވިޑް-19ގެ ތަފާތު ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރަނީ ޖީން ސީކުއެންސް މެޝިނެވެ. މީގެކުރިން ރާއްޖޭން ކޮވިޑްގެ ވޭރިއަންޓް ދެނެގަތުމަށް ޓެސްޓް ހަދަމުން ދިޔައީ ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯއިން މި ހަދިޔާކުރި މެޝިނާއެކު ވޭރިއަންޓް ދެނެގަތުމަށް ހޭދަވާ ވަގުތާއި ހަރަދު ކުޑަވެ ކޮވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. ހަމައެއާއެކު މި މެޝިންގެ އެހީގައި އިންފްލުއެންޒާ އާއި ހިމަބިހި ފަދަ ބަލިތައް ފެތުރޭ މިންވަރު ދެނެގަނެވޭނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.



ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މިމެޝިނާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން