ރައީސްް ޞާލިހަށް ޗީފް ސްކައުޓްގެ މަގާމު ހަވާލު ކުރަނީ
ރައީސްް ޞާލިހަށް ޗީފް ސްކައުޓްގެ މަގާމު ހަވާލު ކުރަނީ
މުޖުތަމަޢު ބިނާކުރުމުގައި ސްކައުޓުންނަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސްކައުޓް ޙަރަކާތް އުފެދުނު ފަހުން 64 އަހަރު ވުމުގެ މުނާސަބަތުގައި ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުޖުތަމަޢު ބިނާކުރުމުގައި ސްކައުޓުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ބައެއްކަމަށެވެ. އަދި ހަރުދަނާ ޖީލެއް ބައްޓަންކޮށް، ޒުވާނުން ބިނާކުރުމުގައި ސްކައުޓުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއްކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ، ސްކައުޓް ޚިދުމަތުގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް، ސްކައުޓު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އެގޮތުން އަޚުލާގީ މިންގަނޑު ވަކި ގޮތަކަށް ހިފަހައްޓައި ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ އިސް ސަފުގައި ތިބޭ ފަރާތްތަކުގެ ތެރޭގައި ސްކައުޓުން އަބަދުވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން