ވިޔަފާރިއެހީ ލޯނާއި ދަނޑުވެރިނަފާ ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްސީން މިއަދު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން މިއަދު ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނާއި، "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެސްޑީއެފްސީން ދޫކުރާ އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށްވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ.



ދަނޑުވެރިނަފާ ލޯނަކީ އެސްޑީއެފްސީ އާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ދަނޑުވެރިންނަށް ޚާއްސަކޮށް ދޫކުރާ ލޯނެކެވެ. އަދި ވިޔަފާރި އެހީގެ ލޯނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ދޫކުރާ ލޯނެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

މިކޯޕަރޭޝަނަކީ ސަރުކާރުގެ އިތުރުން މާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލްގެ ހިއްސާއާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ޢާއިޝަތުނިސާއު

15-Apr-2022

ތިޔަ ފޯމް އަދިމަޢުލޫމާތުލިބޭނެގޮތްއަދިފޯނުނަންބަރވެސް ދެއްވާ



ޓްރެންޑިން