ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ. މިއަދު ބޭއްވި އަޑުއެހުމުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ ދައުލަތުން ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާގައި ހިނގާފައިވާ ކަމަށް ބުނާ އަމަލުތަކަކީ ހިނގި އަމަލުތަކެއްކަން ސާބިތު ކޮށްދެވޭ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެމައްސަލައަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ މައްސަލައެއް ނޫން ކަަމަށް ވަކީލުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ފިޔަވާ އެއަށް ބާރު ލިބޭ އެހެން ހެއްކެއް ނެތް ނަމަ އެއީ ބަލައިގަނެވޭނެ ހެކިތަކެއް ވެސް ނޫން ކަމަށްވެސް ވަކީލުން ފާހަގަކުރެއްވިއެވެ.
ނަމަވެސް ދައުލަތުން މިއަދު ބުނެފައިވަނީ އަދީބާއި ޒިޔަތުގެ ހެއްކަށް ބާރު ލިބޭ ގިނަ ހެކިތަކެއް ހުށަހަޅާފައި ވާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމަށާއި އެއީ ޞައްޙަ ވިޔަފާރިއެއްކަމަށް ވަކީލުން ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑާ ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. ނަމަވެސް ދަޢުލަތުން މިއަދު ބުނެފައިވަނީ ރައީސް ޔާމީން އޭރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ކަމަށްވާތީ ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މިމައްސަލާގައި އިސް ޤާޟީ އަހުމަދު ޝަކީލް ވަނީ ދެފަރާތުގެ ވާހަކަތަކަށް ރިޢާޔަތްކުރެއްވުމަށްފަހު އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިފައެވެ. ހަމައެއާއެކު ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ފަނަރަ ދުވަހުގެ މުހުލަތެއްވަނީ ދެއްވާފައެވެ. މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު