އައްޑޫސިޓީ ކައުންސިލްގެ މެންބަރުން
އައްޑޫސިޓީ ކައުންސިލްގެ މެންބަރުން
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި، އަވަށު އޮފީސްތައް ހަފުތާއަކު ފަސް ދުވަހު ހުޅުވުމަށް އެ ކައުންސިލުން ނިންމަވައިފިއެވެ.

އަންނަ މަހުގެ 11 ގެ ނިޔަލަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ސަރކިއުލަރއެއްގައި ވަނީ، ކޯވިޑާ-19 އާއި ގުޅިގެން އިޢުލާނު ކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ގެ ސަބަބުން އޮފީސްތަކުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެހެންކަމުން މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ސަރކިއުލަރގައި ވެއެވެ.

އަދި މިގޮތަށް އޮފީސްތައް ހުޅުވި ކަމުގައި ވީ ނަމަވެސް، ޗުއްޓީގައި ތިބޭ މުވައްޒަފުން އޮފީހަށް ނުކުންނަށް ނުޖެހޭނެ ކަމަށާއި، ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގައިވެސް ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ޢަމަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ ސަރކިއުލަރ ގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސަރކިއުލަރގައި ވަނީ، އޮފީހަށް މުވައްޒަފުން ނުކުމެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމަށާއި، މާސްކް އެޅުމަށް ހުރިހާ މުވައްޒަފުންނަށް އަންގާފައެވެ. އަދި މިގޮތަށް އޮފީސް ހުޅުވައިގެން ކުރަމުން ދާނީ ހަމައެކަނި އޮފީސްތަކުގައި ނުނިމި ހުރި މަސައްކަތްތައް ކަމަށާއި، ޢާއްމުކޮށް ހުޅުވާލައިގެން އެއްވެސް ޚިދުމަތެއް ނުދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން