ދުނިޔޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ހަ މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޯވިޑް-19 ގެ ދުނިޔޭގެ ރެކޯޑްތައް އެއްކުރާ ޖޯން ހޮޕްކިންސް ޔުނިވަރސިޓީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 369 ހާހަށް އަރާފައެވެ.
މިހާރު އެންމެ ހަލުއިކަމާއެކު ބަލި ފެތުރޭ ކަމަށް ރެކޯޑް ކުރެވިފައި ވަނީ ދެކުނު އެމެރިކާ ބައްރުގައެވެ. އެގޮތުން ބްރެޒީލްގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ޕެރޫއިން މިއަދު އަލަށް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 7300 އަށް އަރާފައިވާއިރު ބްރެޒީލްގައި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 28834 އަށް އަރާފައެވެ. މިއަދަދާއެކު ބްރެޒީލް މިހާރު ހިމެނިފައިވަނީ ކޮރޯނާވައިރަސްގައި އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނައިގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރުވަނީ ކޮންމެހެން ބާއްވަން ޖެހޭ އެއްވުންތައް ބޭއްވުމަށް އާ އުސޫލު ތަކެއް އެކުލަވާލާ އާންމުކޮށްފައެވެ. އެގޮތުން އެފަދަ އެއްވުންތައް ބާއްވާނަމަ ސިއްހީ ގޮތުން ދުޅަހެޔޮ މީހުން ބައިވެރި ކުރުމާއެކު ހާމަ ތަންތަނުގައި އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު