ޗައިނާއިން ހޯދި ކޯވިޑް-19 ގެ ވެކްސިން މިއަހަރު ފަހުކޮޅު އާންމުކޮށް ލިބޭވަރުވާނެ ކަމަށް ވެކްސިން އުފައްދާ ކުންފުނިން ބުނެފިއެވެ.

މިހާރު ތަހުލީލުތައް މުޅިން ނިމި ވެކްސިން އުފެއްދުމަށް މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާ މި ވެކްސިން އެއްފަހަރާ ގިނަ އަދަދެއް އުފައްދާ ބާޒާރަށް ނެރުމަށް ކުރާ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ޗައިނާއިން ހޯދި މި ވެކްސިނަކީ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބަޔަލޮޖިކަލް ޕްރޮޑަކްޓްސްއާއި ޗައިނާ ނެޝަނަލް ބަޔޯޓިކް ފްރޫޕް ގުޅިގެން އުފެއްދި ވެކްސިނެކެވެ. އަދި މިހާރު މިވެކްސިންގގެ ދެވަނަ ފިޔަވަހީގެ ތަހުލީލުތައް މުޅިން ނިމި މިއަހަރުގެ ފަހުކޮޅުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީ ކޮޅުގައި ބާޒާރަށް ނެރެވޭ ވަރުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވެކްސިން އުފައްދާ ކާރުޚާނާއާއި މަސައްކަތް ހަވާލު ކުރުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށާއި އަދި އަންނަ ހޮނިހިރު ދުވަހު ވެކްސިން އުފައްދާ މެނުފެކްޗަރާއި ހަވާލުކުރާނެ ކަމަށް ވެސް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މި ވެކިސިން އުފެއްދި ގްރޫޕުން ބުނީ އަހަރަކު ސަތޭކަ މިލިއަނާއި 120 މިލިއަނާއި ދެމެދުގެ އަދަދަކަށް ޗައިނާގައި މިވެކްސިން އުފައްދައިގެން ބާޒާރަށް ނެރޭނެ ކަމަށެވެ.

ދުނިޔޭގައި ހަލުއި ކަމާއެކު މިހާރު ފެތުރެމުންދާ ކޯވިޑް-19 އަށް ފަރުވާ އެއް ހޯދުމަކީ ދުނިޔޭގައި ބޭސް އުފައްދާ ހުރިހާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ މަސައްކަތެކެވެ. މިގޮތުން މިހާރުވެސް މިފަދަ އެކި ފަރާތްތަކުން ސަތާކަ ވަރަށްކަށް ވެކްސިންގެ އެކި މަރުހަލާ ތަކުގައި މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރެއިން ބައެއް ކުންފުނި ތަކުން އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ކޮންމެވެސް މިންވަރެއް ބާޒާރަށް ނެރެވޭނެ ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ ފުރިހަމަ ނަތީޖާއެއް ލިބޭ ވަރުގެ ވެކްސިނެއް އުފައްދަން އެނެމް އަވަށް ވެގެން ވެސް 18 ވަރަށް މަސް ދުވަސް ނަގާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-6

މުބާހު

12-Jun-2020

ނުވާނެތިކަމެ



ޓްރެންޑިން