ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދުގައި އިޢުލާނު ކޮށްފައިވާ ފުރަބަންދުގެ އަމުރާއި ޚިލާފުވެގެން އިއްޔެ އެކަނިވެސް މާލެ ސިޓީން 208 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ 208 މީހުން ޖޫރިމަނާ ކޮށްފައިވާއިރު، އޭގެ ތެރެއިން 195 މީހަކު ޖޫރިމަނާ ކުރީ މާލެއިން ކަމަށެވެ. އަދި 11 މީހުން ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވާއިރު ވިލިމާލެއިން 2 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މާލެ ސަރަހައްދުގެ ފުރަބަންދު ތަންފީޒު ކުރުމަށް ފެށިފަހުން މިހާތަނަށް 6293 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ފުލުހުން ބުނީ ލޮކްޑައުން އަމުރާ ހިލާފުވެގެން 355 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއިން 10 މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރެއިން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީއަށް ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު، އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު