ށ. ނަރުދޫ
ށ. ނަރުދޫ
ށ. ނަރުދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެ ރަށަށް ގެންދިއުމުން ނަރުދޫ ރައްޔިތުންނަށް އަލުން ހިނިތުންވުން ލިބިއްޖެއެވެ.

މާލެއިން ނަރުދޫ އަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެކަމާ ގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތުގައި ބޭއްވުމަށްފަހު އިއްޔެ ވަނީ އެރަށުގެ މޮނިޓަރިންވެސް ނިމުމަކަށް ގެނަސްފައެވެ.

ށ. ނަރުދޫން 11 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެންމެންވެސް ރަނގަޅުވެ، މިހާރު ރަށަށް ގޮސްފައިވާ ކަމަށް އެރަށުން މި ނޫހަށް ވަނީ މަޢުލޫމާތު ދީފައެވެ.

35 ދުވަހަަށް ފަހު ނަރުދޫގެ މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފައިވާއިރު، މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ނަރުދޫ އިންނެވެ. ނަރުދޫގައި ދުއްވާ އަމާޒު ބޯޓުގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. އެ ކޭސްއާއި ގުޅިގެން ނަރުދޫ 10 މީހަކާއި، ށ. މިލަންދޫ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 406 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 03 ދިވެހިންނާއި، ބަންގްލަދޭޝް 02 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން