އެސްޓީއޯ ސުޕަމާޓާއި، ހޯލްސޭސް ސެންޓަރު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
އެސްޓީއޯން ބުނީ މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓާއި ހޯލްސޭސް ސެންޓަރު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން އެސްޓީއޯ ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ.
އަދި އެސްޓީއޯގެ ސުޕަމާޓް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ ވިޔަފާރި ކުރަން ދިއުމުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި، ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯ ލެނބުމަށް އެދޭ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން އޮންލައިން ކޮށް މުދާ ގަނެވޭނެ އިންތިޒާމް އެސްޓީއޯއިން ވަނީ، އެސްޓީއޯ އީސްޓޯރު މެދުވެރިކޮށް ހަމަޖައްސައިދީފައެވެ. އެހެންނަމަވެސް މި މަހުގެ 09 ވަނަ ދުވަހުން ފެށިގެން ވަނީ، އީސްޓޯރުން ރީޓެއިލްކޮށް މުދާ ވިއްކުން މަޑުޖައްސާލައި ހަމައެކަނި ހޯލްސޭލް ކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު