ހޮސްޕިޓަލަށް ގެންދިޔަ ކެންސަރު ބަލީގެ މީހަކު ނިޔާވި މައްސަލައިގައި ބައެއް މީޑިއާތަކުން އައިޖީއެމްއެޗަށް ކުރި ތުހުމަތުތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފިއެވެ.
ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރު ބަލީގެ މީހަކު އެ ހޮސްޕިޓަލްގައި ނިޔާވުމާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ބަލިމީހާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދައްކާފައި ވަނީ މި މޭ މަހުގެ 26 ވަނަ ދުވަހު ކަމަށާއި، ފުވައްމުލަކު ސިޓީން އައިޖީއެމްއެޗަށް އެ ކޭސް ރިފާ ކޮށްފައި ވަނީވެސް އެއީ އެޑްވާންސް ކެންސަރު ކަމަށް ދެނެގަނެ، ސީރިއަސް ކޭސް އެއްގެ ގޮތުގައި ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ހޮސްޕިޓަލުން އާންމުކޮށް ދެމުންގެންދާ ގިނަ ހިދުމަތްތަކެއް މިވަގުތު ހުއްޓާލާފައި ވީ ނަމަވެސް ލަސް ނުކޮށް އެ ކޭސްގައި ސީޓީ ސްކޭން ހަދާ ބަލި މީހާގެ ހަށިގަނޑުގައި ކެންސަރު ފެތުރިފައިވާ މިންވަރު ބަލާ އެގޮތަށް ކެންސަރު ފެތުރިފައި ވާނަމަ ދެން ދިމާވެދާނެ ކަންކަން އެ އާއިލާއަށް ކިޔާދީފައި ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ބަލި މީހާ ނިޔާވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާތާ 2 ދުވަސް ފަހުން މިމަހުގެ 29 ނަމަ ދުވަހު ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ބަލިމީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށާއި ފަރުވާ ނުލިބި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ 6 ދުވަސް ވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ޙަޤީޤަތާ ޚިލާފަށްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް ބަލިމީހަކު ނިޔާވުމަކީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން މުވައްޒަފުންނަށްވެސް ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާއަށް ދިމާވެފައިވާ މި ހިތްދަތި ވަގުތުގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އަދި މިފަދަ ނާޒުކު މައްސަލަ ތަކުގައި ހަގީގަތް އޮޅޭ ގޮތަށް ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ހަބަރު ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިފަދަ މައްސަލަތައް ރިވިއުކޮށް އިސްލާޙު ކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެފަދަ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ކޯވިޑް1-19 އާއި ގުޅިގެން އާންމު ސިއްހީ ނިޒާމު ހުއްޓުމަކަށް ގެނަސްފައިވާތީ މިފަހަކަށް އައިސް މިފަދަ ހިތާމަވެރި ހާދިސާތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީސްމީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވާ ކަންބޮޑުވުން ތަކަށް ބަލާއިރު ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މުޅި ސިއްހީ ނިޒާމު އެކަމަށް ޚާއްޞަކޮށް އާންމު ސިއްހީ ނިޒާމު މުޅިން ހުއްޓުމަކަށް ގެނައުމަކީ މިފަދަ ކަންކަން މެނޭޖް ކުރުމުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި ނުކުޅެދުންތެރިކަން ހާމަވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު