ކޯވިޑް-19 އަށް ޕޮޒިޓިވްވި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ މުވައްޒަފުވެސް ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެތަނުގައި މަސައްކަތް ކުރާ ދެ ޖިންސްގެ ދެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް މިހާރު އެ ދެ މުވައްޒަފުންވެސް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
"ކަސްޓަމްސްގެ ދެ މުވައްޒަފަކު ފައްސިވި، ﷲގެ އިރާދަފުޅާއެކު އެ ދެ މުވައްޒަފުވެސް ރަނގަޅުވެގެން މިހާރު ތިބީ ގޭގައި، އެއީ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އެކި މަރުހަލާތަކުގައި 50 ވަރަކަށް މުވައްޒަފުން، އައިސޮލޭޝަނާއި، ކަރަންޓީންގައި ބައިތިއްބަން ޖެހުނު ކަމަށާއި، ނަމަވެސް މިވަގުތު އެގޮތަށް ތިބީ 30 ވަރަކަށް މުވައްޒަފުން ކަމަށެވެ.
"އަދި ފުރަތަމަ މި ފެށިގެން އައި މަރުހަލާގައި އޭރު އެއާޕޯޓުގައި ދިވެހިން މި ގެނައި ދުވަސް ވަރުގައި ކޮންޓެކްޓް ވެގެން، އަޅުގަނޑުމެންގެ އެއާޕޯޓުގެ އެއް ޝިފްޓް، އެ ދުވަހު ނުކުމެ ތިބި 17 ވަރަކަށް އޮފިސަރުން ގޭގައި މަޑުކުރަން ޖެހުނު." ޝަރީފް ވިދާޅުވިއެވެ.
ކަސްޓަމްސްއިން ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރެވުނު ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު