އެއަރޕޯރޓުން މީހެއްގެ ޓެމްޕްރޭޗަރ ބަލަނީ
އެއަރޕޯރޓުން މީހެއްގެ ޓެމްޕްރޭޗަރ ބަލަނީ
ރޭ މެންދަމުން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް 101 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 79 މީހުންނަކީ އެއްތަނަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވި ނަމަވެސް، މިއީ ފުރަބަންދަށް ލުއިތަކެއް ދިނުމުން އިތުރުވި އިތުރުވުމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އެއްތަނަކުން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީން ކަމަށާއި، އެމީހުންގެ ތެރެއިން އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް ކަމަށް ފާހަގަ ކުރެވެނީ ދެމީހުން ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު ތިން ލެބޯޓްރީއަކުން ކޯވިޑް-19 އަށް މީހުން ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު ރާއްޖެ އިން ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1783 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން