ކޯވިޑް-19 އާއިި ގުޅޭ ފަހުގެ ތަފާސް ހިސާބު ދައްކުވައިދޭ ގްރާފެއް
ކޯވިޑް-19 އާއިި ގުޅޭ ފަހުގެ ތަފާސް ހިސާބު ދައްކުވައިދޭ ގްރާފެއް
އިތުރު 47 މީހުން ކޯވިޑް-19 އިން ރަނގަޅުވެ ރާއްޖެއިން ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 453 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭ ޕްރެސް އަށް ފަހު މިރޭ 6:00 އާ ހަމައަށް މިބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 52 މީހުން ބަލިން ރަނގަޅުވެފައިވާ ކަަމަށެވެ. އަދި މިހާރު ބަލިން ރަނގަލުވެފައިވާ މީހުންގެ ޖުމްލަ އަދަދު 453 އަށް އަރާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ހެނދުނު އެޗްޕީއޭއިން ވަނީ، އިތުރު 05 މީހަކު ކޯވިޑް-19 އިން ރަނގަޅުވެފައިވާކަން އިޢުލާނުކޮށްފައެވެ. އެހެން ކަމުން ފަހުން ރަނގަޅުވީ 47 މީހުންނާއެކު މިއަދު ރަނގަޅުވީ މީހުންގެ ޖުމްލަ މިވަނީ 52 އަށް އަރާފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު މިރޭގެ 18:00 އާ ހަމައަށް އިތުރު 101 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިވަނީ 1773 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހުންނާއި 8 ދިވެހިންނެވެ.

މިއަދު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައިވަނީ 69 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މި މީހުން ކަރަންޓީނުން ދޫކޮށްލެވިފައި ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ބައްޔަށް ކުރި ޓެސްޓުގެ ޑަބަލް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކަރަންޓިން ފެސިލިޓީގައި ތިބީ ޖުމްލަ 1403 މީހުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި ތިބީ ޖުމްލަ 1259 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން