މާލޭސިޓީ ލޮކްޑައުންގައި- ލޮކްޑައުނަށް ދިން ލުއިތަކުގެ ތެރޭގައި ދުވަސްވީ މިހުންނަށް ފަތިހު މަގުމައްޗަށް ނުކުމެ ކަސްރަތަށް ހިނގާލެވޭ ގޮތަށް މިހަރުވަނީ ހަމަޖައްސާފަ
މާލޭސިޓީ ލޮކްޑައުންގައި- ލޮކްޑައުނަށް ދިން ލުއިތަކުގެ ތެރޭގައި ދުވަސްވީ މިހުންނަށް ފަތިހު މަގުމައްޗަށް ނުކުމެ ކަސްރަތަށް ހިނގާލެވޭ ގޮތަށް މިހަރުވަނީ ހަމަޖައްސާފަ
އުމުރުން ދުވަސްވީ މީހުން ކަސްރަތު ކުރާއިރު މާސްކް އެޅުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އަފްޒަލް ވިދާޅުވީ، ކަސްރަތު ކުރަން ނުކުންނަ އުމުރުން ދުވަސްވީ މީހުން މާސްކް އެޅުމާއި ގުޅޭގޮތުން، މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. މާލޭގެ ލޮކްޑައުނަށް ދީފައިވާ ލުއިތަކާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަތިހު މަގުމަތީގައި ހިނގާލަން ނުކުމެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

"މިގޮތަށް ބޭރަށް ނުކުންނަ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ، ބާރަށް ހިނގަން ނުކުންނަ މީހުންނާއި ކަސްރަތުގެ ގޮތުގައި ހިނގަން ނުކުންނައިރު، ނޫނީ ބައިސްކަލުގައި ދާ މީހުން ރަނގަޅީ މާސްކް ނޭޅުން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފުއްޕާމޭގެ ބަލިތަކާއި، ނޭވާލާން އުނދަގޫވާ ބޭފުޅުން މާސްކް އަޅައިގެން އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. މި ބައްޔަކީ ވައިގެ ތެރޭގައި އުޅޭ ޖަރާސީމެއް ނޫން ކަމަށާއި، މިއީ އެ ބަލި ޖެހިފައިވާ މީހަކާއި ވަކި ވަރަކަށް ގާތްވުމުން، ނުވަތަ އޭނާ ކެއްސާ ކިނބިހި އަޅާއިރު، ނޫނީ ވާހަކަދައްކާއިރު ވައިގެ ތެރެއަށް ބުރައިގެން ދާ ކުޅުގެ ޒަރިއްޔާއިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއްކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ، "އާއްމު ހާލަތަށް ބަލާއިރުވެސް އާއްމުކޮށް، ހަށިގަނޑަށް ލާ ވަރަށް ބާރު ލައިފިއްޔާ، ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުން އެކަށީގެންވާ" ކަމަށެވެ.

މާސްކް އަޅަން އިރުޝާދުދެނީ، ދެ މީހަކު ކައިރިވާން ޖެހޭ ފުރުސަތެއް ދިމާވާއިރުގައި ކަމަށާއި އެހެންކަމުން އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ނުކުންނައިރު، އެކަނި ނުކުތުމަށް އެދޭކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން