ދިޔަމިގިލީ މުދިމަށް ވަޅިން ހަމަލާދިން މީހާގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފުލުހުން ޕީޖީ އޮފީހަށް ހުށައަޅައިފިއެވެ.
މިދިޔަ މާރޗް މަހުގެ 13 ވަނަ ދުވަހު ހެނދުނު 09:48 ހާއިރު ދިޔަމިގިލީ މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމު، ޢުމުރުން 55 އަހަރުގެ އަހްމަދު ރަޝީދު މުހައްމަދަށް އެ ރަށު ހަސަން ސާމިދު ވަޅިން ހަމަލާ ދީފައިވަނީ އޭނާ ބައިސްކަލުގައި އިންދައެވެ. އެ މައްސަލާގައި ޙަމަލާދިން ސާމިދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ޙަމަލާގައި އަނިޔާލިބުނު އަޙްމަދު ރަޝީދުގެ ބުރަކަށިން ހަތަރު ތަނަކަށް ވަރަށް ފުން ޒަޚަމްތަކެއް ލިބިފައިވާއިރު ގައިގެ 13 ތަނަކަަށް ވަނީ ވަޅި ހަރާފަައެެެވެ. އޭނާއަށް ދިޔަމިގިލީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ދެ އޮޕްރޭޝަނެއްވަނީ ކޮށްފައެވެ.
ފުލުހުންބުނީ އެ މައްސަލާގައި ހަސަން ސާމިދުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މުދިމު އަހުމަދު ރަޝީދަށް ހަމަލާދިން މިހާދިސާ އާއި ގުޅޭ ސީސީޓީވީ ފުޓޭޖްވަނީ އާންމުވެފައެވެ. އެގޮތުން ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ކުއްލިއަކަށް ޒުވާނާ އެތައް ފަހަރަކު މުދިމަށް ވަޅިން ހަމަލާ ދޭ މަންޒަރު އެ ވީޑިއޯ އިން ފެނެއެެވެ.
ފުރަތަމަ ހަމަލާ ދިނުމަށް ފަހު ވަކި ހިސާބަކަށް ގޮސް އެނބުރި އައިސް އަލުން ހަމަލާދޭއިރު ޖުމުލަ 13 ފަހަރު މުދިމުގެ ގަޔަށް ވަޅިން ހަމަލާދޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އަދި މުދިމުގެ ހަށިގަނޑަށް އެތައް ފަހަރަކު ވަޅިއަކުން ހަމަލާ ދިނުމަށް ފަހު އެތަނުން ދަމުން ސާމިދުވަނީ އެ ސަރަހައްދުގައި ހުރި ބަސްތާއެއްގައި ވަޅި ހާކާލާ އެ ވަޅީގައި ހުރި ލޭތައް ސާފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު