ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވެފައިވާތީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖޭއެސްސީން އަންގައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބުނީ މާށުގެ ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު ވައިބަރ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕަރ އެޑްމިނެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެ ވިޔަފާރި ހިންގުމުގައި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު އަމަލީގޮތުން ޙަރަކާތްތެރިވެފައިވާކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ ޢިއުތިރާފުން ސާބިތުވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން މެޖިސްޓްރޭޓް މާހިރަށް އެންގުމަށް ޖޭއެސްސީގެ މި އަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން