ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މާލެ ސަރަހައްދުން އެންމެ ބަލިމިހަކު ވެސް ނުފެންނަ ދުވަހެއް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މިދިޔަ ހޮނިހިރު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ކޮވިޑުގެ އެއްވެސް ޕޮޒިޓިވް ކޭހެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ ސަރަހައްދެއްކަމަށްވާއިރު، ކޮވިޑު ފެތުރެން ފެށިފަހުން އެ ސަރަހައްދުން އެއްވެސް މީހަކަށް މި ބަލިނުޖެހި ދިޔަ ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. އެދުވަހު 78 ސާމްޕަލެއް ޓެސްޓް ކޮށްފައިވެއެވެ.
ނަމަވެސް، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން 37 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި އެކި ރަށްރަށުން 205 މީހުން އަދި އެކި ހިސާބުތަކުން 46 މީހުންނާއެކު ޖުމުލަ 288 މީހުން އެ ބައްޔަށް ޕޮޒިޓިވްވިއެވެ. އެއާއިއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 179،171 އަށް ވަނީ އަރާފައެވެ.
މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެފައިވީނަމަވެސް، ރަށްރަށުން މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް 38 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު 12 މީހުންނަށް ކޮވިޑަށް ޖެހިގެން ރިޕޯޓުކުރިއެވެ. އަދި މިދިޔަ އަންގާރަ ދުވަހު 68 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކުރި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރެވުމާއި ގާތަށްދާއިރު މިހާތަނަށް ރާއްޖޭގައި 158566 މީހުންވަނީ އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ.
އޭޕްރީލް 15، 2020 ގައި މާލޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެ ބަލި އެންމެ ގޯސްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު އެއް ދުވަހާ ބަލި ޖެހުނު މީހުންގެ އަދަދު 2،000 އިން މައްޗަށް ވެސް އެރިއެވެ.

🟢 Greater Male' Region Daily Positive Cases pic.twitter.com/r9xNeEYRCP
— Health Protection Agency (@HPA_MV) April 25, 2022
މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެފައިވީނަމަވެސް، ރަށްރަށުން މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް 38 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު 12 މީހުންނަށް ކޮވިޑަށް ޖެހިގެން ރިޕޯޓުކުރިއެވެ. އަދި މިދިޔަ އަންގާރަ ދުވަހު 68 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކުރި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރެވުމާއި ގާތަށްދާއިރު މިހާތަނަށް ރާއްޖޭގައި 158566 މީހުންވަނީ އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ.
އޭޕްރީލް 15، 2020 ގައި މާލޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެ ބަލި އެންމެ ގޯސްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު އެއް ދުވަހާ ބަލި ޖެހުނު މީހުންގެ އަދަދު 2،000 އިން މައްޗަށް ވެސް އެރިއެވެ.
ކިޔުންތެރިންގެ ހިޔާލު