ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އިސްޤާޟީ ޢަބްދުﷲ ޢަލީއަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު ތަހުގީގު ކުރަން ފެށި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓުން ބައްލަވާ މައްސަލައަކަށް ހާޒިރު ވުމަށްޓަކައި މައްސަލައިގައި ހިމެނޭ ފަރާތަށް އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައަކާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީޚަކަށް ސިވިލް ކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި އެމީހާގެ ފަރާތުން ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އިސްޤާޟީ ޢަބްދުﷲ ޢަލީ ވަނީ ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް އެމައްސަލަ ބާތިލު ކުރައްވާފައެވެ.
ޖޭއެސްސީން ބުނީ ޤާޟީ ޢަބްދުﷲ ޢަލީގެ އެ ޢަމަލަކީ އަދުލު އިންސާފު ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް ކުރައްވާފައިވާ އަމަލެއްކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ ވާޖިބު އަދާކުރެއްވުމުގައި ތަޢައްޞުބެއް އޮތްކަން ފެންނަންއޮތް، އަދި ފަނޑިޔާރުގެ ޢަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިން ކޮށްފައިވާ ކަމެއްކަން އޭނާގެ ބަހުންނާއި، ލިޔެކިޔުންތަކުން މައްސަލައިގެ ތަޙުޤީޤަށް ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އިސްގާޒީ އަބްދުﷲ އަލީގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، އޭނާއަށް ނަޞޭޙަތް ދިނުމާއެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު