ރާއްޖޭގައި އުުޅޭ ބިދޭސީ ބަޔަކު ފުރުވާލުމަށް އިމިގްރޭޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ؛ ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބަނގްލަދޭޝްގެ މީހުންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކަށް ނޭނގޭ
ރާއްޖޭގައި އުުޅޭ ބިދޭސީ ބަޔަކު ފުރުވާލުމަށް އިމިގްރޭޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ؛ ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބަނގްލަދޭޝްގެ މީހުންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކަށް ނޭނގޭ
ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ބަނގްލަދޭޝް މީހުންގެ ޢަދަދު ހާހެއް ފަހަނައަޅައިފިއެވެ.

ރާއްޖެއިން މިހާތަނަށް 1829 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1003 މީހުންނަކީ ބަނގްލަދޭޝް މީހުންކަމަށް އެޗްޕީއޭ އިން ހާމަ ކުރެއެވެ. އެއީ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ 54.84 އިންސައްތައެވެ.

ބަންގްލަދޭޝް މީހުން ފިޔަވައި، ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވީ ދިވެހިންނެވެ. މިހާތަނަށް 590 ދިވެއްސަކަށް ކޯވިޑް-19 ޖެހިފައިވާއިރު އެއީ ބަލި ޖެހުނު މީހުންގެ 32.26 އިންސައްތައެވެ.

ތިންވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ 186 މީހުންނާއެކު އިންޑިއާ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުން ރަނގަޅުވެފައިވާއި، މިވަގުތު ބައްޔަށް ފަރުވާދެމުން ގެންދަނީ 1333 މީހުންނަށެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން 06 މީހުން ނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 03 ދިވެހިންނާއި، ބަންގްލަދޭޝްގެ 03 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު


14

ތިމަންނަ

02-Jun-2020

ރާއްޖޭގައި މިހާރު ގިނަވަމުންދަނީ ތިބައިގަޑެވެ. ވީމާ ބަލި ޖެހޭމީހުންވެސް އިތުރުވާނީ ހަމަ ތިޔަމީހުންގެ ތެރެއިން ތާ



ޓްރެންޑިން