ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސީޓީގެ ޚިދުމަތް މެދުކެނޑިފައިވާ ކަަމަށާއި ސީޓީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

"މި ދަނޑިވަޅުގައި އެމަޖެންސީކޮށް ކުރަންޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާ ވާހަކަ މައުލޫމާތަށްޓަކާ ދެންނެވީމެވެ." އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ވަނީ މެޝިންތަކުގެ މެއިންޓެއިނަންސަށް ހަފުތާއެއް ހޭދަވާނެކަމަށް ލަފާކޮށްފައެވެ. މެޝިންތައް މަތާމާތުކޮށް ހަފުތާއެއްތެރޭ ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު