ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 12 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ދެންމެ ބުނީ މި 12 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާ އިންޑިއާގެ ރައްޔިތެއް ކަމަށެވެ.
މި އަދަދާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1841 އަށް އަރާފައެވެ. ރާއްޖޭގައި މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ ޖުމްލަ ހަތް މީހެކެވެ. މީގެތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބަނގްލަދޭޝްގެ ތިން މީހެކެވެ.
މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މިއަދު 120 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއަދަދާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު 608 އަކަށް ވަނީ އަރާފައެވެ.
ރާއްޖޭގައި އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީވެސް ބަނގްލަދޭޝް ރައްޔިތުންނެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެގައުމުގެ ހާހަކަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު