ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
ޤާނޫނު އަސާސީ އިސްލާޙުކޮށް ރައްޔިތުންގެ މަޖިލީހުން ކުރީ ޓެސްޓެއް ކަމަށާއި، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުން އަދި ކުރިއަށް އޮތީ ކަމުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީ އާއި ކުޅެލަން އެކުރީ ޓެސްޓެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޮޑެތި ބަދަލުތަކެއް ގާނޫނު އަސާސީއަށް ގެންނާނެ ކަމަށް ބެލެވޭ ކަމުގައެވެ. މިކަމަށް ވަރަށް ބޮޑަށް ހުޝިޔާރުވާން ޖެހޭ ކަމަށާއި، ހާއްސަކޮށް ގާނޫނު އަސާސީގައި ހުރި އިސްލާމީ އުސޫލުތަކާއި މެދު ސަމާލުވުމަކީ މުހިންމު ކަމެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި އެއްގޮތަށް ޤާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ވަނީ، ދިގުދަންމާލާފައެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި، ބައެއް މިނިވަން މެންބަރުންގެ ވޯޓުން ޤާނޫނު އަސާސީ އަށް ގެނައި އިސްލާޙު ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.

ޤާނޫނު އަސާސީ އިސްލާހް ކުރުމާއި މެދު އެމްޑީޕީގެ ބައެއް މެމްބަރުން ފުރަތަމަ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި ވަނީ ވަރުގަދަ ބަހުގެ ޙަމަލާތަކެއްވެސް ބަދަލުކޮށްފައެވެ.

ޤާނޫނު އަސާސީ އަށް ގެނައި އިސްލާހް ފާސްކުރި ޖަލްސާގައި އެމްޑީޕީ މެންބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފައެވެ. އެ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ކަތީބު

03-Jun-2020

އިސްލާމްދީން ވިއްކައިގެން މެނުވީ ބަނޑުމުއްތި ކުރެވޭ ކަމަކަށްނުވޭ! ދީނުގެ ނަމުގައި ކަލޭމެން ތިއަދާކުރާ އިބިލީހުގެ ދަޢުރު ރައްޔިތުންނަށް ވަރަށް ސާފު. ތިއެއް މިހާރު މި ޤަޢުމަކު ނުހިނގާނެ. އަމިއްލައަށް ފަޞީޙަތްވެ ބޮލާފޮށާ ތިޔެއް އެޅުނީ. ސަބަބު ކިތަންމެހާވެސް ގިނަ އިނގޭތޯ. ސަރުކާރު ހިންގުމުގައި ރައްޔިތުން ކަންބޮޑުވާ އެތައްކަމެއް އެބަހުރި, އެކަމަކު މިއިން އެއްވެސް ކަމަކާ ކަލޭމެންނެއް ނޫޅޭ.. ކޮރޯނާގެ ބަލިމަޑުކަމުގައި އިންތިހާބެއް ނުބޭއްވޭނެކަން ޝަހީމު ފިޔަވައި އެހެންއެންމެނަށް އިނގޭ. އަދި ޤާނޫނު އަސާސީ އިސްލާޙުކުރުން ނޫންގޮތެއް ނެތްކަންވެސް އެންމެނަށް އިނގޭ ކަލޭ ނޫނީ... އަމިއްލަ އެދުމާގެން ޤާފިލުވެހުރެ އިސްލާމްދީނުގެ ކޮޕީރައިޓްސް ލިބިފައިވާކަމަށް ހެދިގެން އުޅުނަސް ކަލެއަށްވުރެ މިރާއްޖޭގެ ރައްޔިތުންގެ ބުއްދި މާ ތަނަވަސް..



ޓްރެންޑިން