ސަރުކާރުގެ މައި ހޮޮސްޕިޓަލް، އައިޖީއެމްއެޗް (ރަސް ފޮޓޯ- ޝާހް) ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ގެނައި ބަދަލުގެ ސަބަބުން ހޮސްޕިޓަލިުގެ ޚިދުމަތް ލިބުން ވަނީ ދަތި ކަމަކަށްވެފައި
ސަރުކާރުގެ މައި ހޮޮސްޕިޓަލް، އައިޖީއެމްއެޗް (ރަސް ފޮޓޯ- ޝާހް) ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ގެނައި ބަދަލުގެ ސަބަބުން ހޮސްޕިޓަލިުގެ ޚިދުމަތް ލިބުން ވަނީ ދަތި ކަމަކަށްވެފައި
ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ލިބުނުލެއް ލަސްވުމުން، ހަދަން ޖެހޭ ސްކޭނެއް ނުހެދި، ފަރުވާ ދެވުން ލަސްވުމުގެ ސަބަބުން މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ދަރިފުޅުގެ ގުނަވަނެއް ނަގަން ޖެހުނު ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑީޔާ އޮފިޝަލް ބައެއް މީޑީޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އާއިލާގެ ފަރާތުން އެ މައްސަލަ ހޮސްޕިޓަލަށް ހުށައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިޕާޓްމެންޓަށް އެކަމުގެ މައުލޫމާތު ލިބިގެން އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗަށް ކުރެވެމުންދާ ތުހުމަތުތަކާ މެދު ވަކި އެއްޗެއް އެ ހޮސްޕިޓަލުން ބުނާނީ އެ މައްސަލަ ބެލުމަށް ފަހު ކަމަށްވެސް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުމުން، ހަދަން ޖެހޭ ސްކޭނެއް ނުހެދި، ފަރުވާ ދެވުން ލަސްވުމުގެ ސަބަބުން މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ދަރިފުޅުގެ ގުނަވަނެއް ނަގަން ޖެހުނު ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ "ރަސް އޮންލައިން" އިންނެވެ. ހުސެން ވިދާޅުވީ އިމަޖެންސީކޮށް ކުރަންޖެހޭ އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުން 5 ދުވަސް ނަގާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭނާގެ ދަރިފުޅުގެ އެތެރެހަށީގެ ނާޒުކު ގުނަވަނެއް އޮޕަރޭޝަންކޮށް ވަކިކޮށްލަން ޖެހުނު ކަމަށެވެ.

"އަޅުގަނޑުމެން ވިސްނައިދޭން މަސައްކަތް ކުރިން ކަމުގެ މުހިންމުކަން. އެކަމަކު އީއާރް ދެކޮޅު ހެދީ ކޯވިޑަށް ޓެސްޓް ނުހަދާ ސްކޭން ކުރަން. ދެން ޖެހިގެން އައި ދުވަހު (ފަސްވަނަ ދުވަހު) ސްކޭނެއް ހެދޭގޮތްވީ. އޭރު ގުނަވަން ވަނީ މުޅިން ހަލާކުވެފައި." ވަރަށް އަސަރާއެކު ކުއްޖާގެ ގުނަވަން ނަގަން ޖެހުނު ސަބަބު ބަޔާންކޮށް ކުޑަހުސެން ލިޔުއްވާފައި ވެއެވެ.

އައިޖީއެމްއެޗުން ފަރުވާ ހޯދާ ބައެއް މީހުންނަށް އެ ހޮސްޕިޓަލްގެ އިހުމާލުން ގެއްލުން ވަމުންދާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް ތަހުގީގު ކުރާކަމަށް ބުނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާކަމެއް ނޭގެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން